9

Street Harassment: The Daily Menace


އޭނަ ބުނި ގޮތަށް ބުނަންތަ؟ އާނ މަގުމައްޗަށް ނުކުމެއްޖެއާ ފޮށޭނެ ކޮންމެ ދުވަހަކު. އެއީ ސައުވީސް ގަޑިއިރު ދިމާވާ ކަމެއް. މަގޭ މަންމައާ ވެސް ފޮށޭ މަގުމަތިން. އުމުރުން ދުވަސްވެފަ ހުއްޓަސް، ކޮންމެ ސިފައެއްގަ ހުއްޓަސް މާލޭގަ އުޅެންޔާ އެމީހަކާ ފޮށެފަ ހުންނާނީ. ނުދަންނަ މީހަކު އައިސް އަރާ ހަމަކޮށްފަ މަގޭ މޭމަތީގަ ބޯ އެޅީ. އޭރު މަށަށް އެންމެ 13 އަހަރު. ދިވެހިން މިކަން ތަޖުރިބާ ކުރަން ޖެހެޭ ވަރަށް ޅައިރުއްސުރެ. މަގޭ ބައެއް ރައްޓެހިންނަށް އެބަހުރި މީހުން އައިސް ކުރިމަތިފަރާތް ދައްކާފަ އެމީހުންގެ އުމުރުން 11، 12، 13 އަހަރުގަ. އުމުރުން 15 އަހަރުގަ މަންމައާ އެކީ ދަނިކޮށް އުމުރުން 40، 50 ވަރަކަށް އަހަރުގެ މީހަކު އައިސް މަގޭ ކައިރީ ބުނަނީ މަންމަ ރުޅި އައިސްގެން އޭނަ ގައިގަ ޖެހީ. މަ އުޅެނީ ހުޅުމާލޭގަ. މަށަށް ފެނުނީ އެމީހާ ކުރިމަތިފަރާތް ނެރިގެން އެކަން ކުރަނިކޮށް. މިމީހާ މަގޭ ފުރަގަސްފަރާތުގަ ހިފީ. މަ އެނބުރިފަ އޭނަގެ ފުރަގަސްފަރާތުގަ ހިފީ. ދެން އޭނަ ބުނަނީ ޔާރައްބީ ތީ އަންހެނުން އުޅެންވާނެ ގޮތެއް ނޫނޯ ތިކަހަލަ މީހުން އުޅޭތީވެސް ހައިރާންވެޔޯ. އޭނަ އެތާ ހުރެގެން ހަޅޭއްލެވި ފަސްވަރަކަށް މިނިޓް ވަންދެން. މަ މަގުމައްޗަށް ނުކުމެއްޖެޔާ އާންމުކޮށް މީހުން ގޮވާނެ ހާދަ އުރަމަތި ބޮޑޭ. އެތަންކޮޅު ކަނޑާލާނަންތަ؟ ދެން މަގޭ ހިތަށް އަރަނީ ޝުކުރިއްޔާއޭ ތިކަން ފާހަގަކޮށްދިނީތީ، ކުރިޔަކުން ނޭނގޭ ތިކަމެއް. އެއީ ލޯގަނޑަކީ ހުންނަ އެއްޗެއް ނޫންވީޔަ. އާނ. އެހެންވީމަ އަމިއްލަ ސިފައެއް ނޭނގޭނެ އެންނު މަގުމައްޗަށް ނުކުންނަ އިރު. އޭނަ މަގޭ ފުރަގަސްފަރާތުގަ ހިފީ. ވަރަށް ހައިރާންވި އެހާ ކުޑަކުޑަ ކުއްޖެއް ވީމަ. އެކަމަށް ރައްދު ދޭނެ ގޮތެއްވެސް ނޭނގުން. މަ ހެދުން އަޅާ ގޮތަކާ އެހެން މީހަކަށް ނުބެހެވޭނެ. އެއީ މަށާ ހެއްދެވި ފަރާތާ ދެމެދުގެ ކަމެއް. އެންމެ ފުރަތަމަ އެމީހުން މަށާ ދިމާއަށް އެއްޗިހި ކީ. މަ އެމީހުން ފަހަނައަޅާ ދިޔައީމަ އައީ ބުރުގާ އަަޅައިގެން ހުރި ކުއްޖެއް. ދެން އެމީހުން އެކުއްޖާއާ ވެސް ފޮށެންފެށީ. މަ ހަދާންވޭ އަހަރުމެން އެކަކު އަނެކަކާ އަރާހަމަވެފަ ދެމީހުން ބަލާލި ވަގުތު މަ ވަރަށް ހަމްދަރުދީވި އަހަރުމެން ދެމީހުންނަށް. އޭގެ މާނައަކީ ފިރިހެނުންނަށް އެމީހުންގެ ނަފްސު ކޮަންޓްރޯލް ނުކުރެވެނީއޭ. ހަންކޮޅެއް ފެންނަ އިރަށް ފުންމައިގަންނަން މީ ޖަނަވާރުންނެއް ނޫން. މަގުމަތިން ދާ ކުއްޖަކާ ފޮށިއްޖެޔާ އެ މީހަކު ވާނީ އެމީހުންގެ ތެރެއިން އެންމެ ނަގާކިޔާ މީހާއަށް. މަށަށް ފެނޭ އަންހެނުންވެސް ފިރިހެނުންނަާ ދިމާއަށް ތުނބުން ފުމެ އެއްޗިހި ކިޔާތަން. އެވެސް ހަމަ ފޮށުން، މީހުން އެގޮތަށް ނުދެކުނަސް. މަ ޔުނީފޯމެއް ލައިގެން ހުރިއްޔާ މަގޭ މަދަރުސާއާ ބެހޭގޮތުން، ނޫނީ އެމީހުން ހިތަށް އެރި ކޮންމެ ކަމަކާ ބެހޭ ގޮތުންވެސް އެއްޗެހި ކިޔާފާނެ. އެކަމު ގިނަ ފަހަރު މަގޭ ސިފައާ ބެހޭގޮތުން. އެއީ އެންމެ ބޮޑަށް ފެންނަ ފޮށުމުގެވައްތަރު. މަސައްކަތު މީހުން ވީމަ އެމީހުންނަކީ ދަށް ބައެއްްގެ ގޮތުގަ ދެކެނީ. އެއީ އޯކްލެންޑް، ނިއު ޒީލެންޑް ގަަ. މުސްލިމަކަށް ވީމަ މަަށާ ދިމާއަށް މީހަކު އެއްޗެކޭ ބުނީ. ބަސް ޑްރައިވަރު ވަގުތުން ބަސް ހުއްޓާފަ އޭނަ ކައިރީ ބުނީ ފައިބާށޭ. ހުރިހާ އެންމެން ތިބީ މަށާ އެއްކޮޅަށް. މާލޭގަ އެކަހަލަ ކަމެއް ދިމާވެއްޖެޔާ ކައިރީގަ ހުރި އެކަކުވެސް އެހީއެއް ނުވާނެ. ދިވެހި ވީޑިއޯ ލަވަތަކުގަ އާންމުކޮށް ފެންނާނީ ފިރިހެނަކު އަންހެނަކު ފަހަތުން ދާ ތަން. އެކުއްޖާ އަޅާނުލީމަވެސް ފިރިހެންމީހާ ނުހުއްޓާނެ. މ ިބުނެވެނީ ފިރިހެނުން ފޮށެންޔާ އެންމެ ފަހުން އަންހެނުން ބޯލަނބާށޭ. މަ އުފާވޭ މިވާހަކަ ދައްކަން މިހާރު. ގިނައިން ދިވެހިންް އެކަމު ބައެއް ފަހަރު ބިދޭސީން ވެސް ބެހޭ. މަގުމަތީގަ ފޮށުން އާންމުވެފަ އޮތްވަރުން އެއީ މައްސަލައެއް ނޫން ކަމަށް ބަލަނީ. އެއީ ބޮޑު އުދަގުލެއް. އެއީ އެއްގޮތަކަށްވެސް ތައުރީފު ކުރުމެއް ނޫން. މަގުމަތިން ދާ ނުދަންނަ ކުދިންނާ ދިމާއަށް އެކަހަލަ އެއްޗެހި ކިޔާހެދުމަކީ އެންމެ ބޮޑު ބަދުބަސް. އެހިސާބަށް ދާކަށް ނުޖެހޭ މިކަމާ ދެކޮޅަށް ތެދުވާކަށް. މަގޭ ފަސް އަހަރުގެ އަންހެން ދަރިފުޅަށް އިނގޭނެ. ނުބެހޭ ކަންތައްތަކާ ނުބެހޭ.

Bernard Jenkins

9 Comments

 1. I am against harassment kithanmey bad koh ulhu nas magey ey anheyn kujakaa mie vide ga ey kiyaa dhin gothakah nugeylheyn ma ey ratey shakaves nukey rey ney ey gotha eylhey kah✌

 2. 0:41 "It doesn't matter whether you're old, or whether you're plain, or anything – you always always would have gotten hair-assed at some point while living in Male'." – TRUTH.

 3. Excellent work by #HulheviMedia.
  Hope these creates awareness and people will take actions against such harrassers.

 4. Didn't really like the message the silhouetted person gave at 12:45. Seems counterintuitive to the video's overall anti-harassment theme — which isn't just limited to physical harassment. People, don't verbally harass anyone either. The golden rule is don't do unto others what you wouldn't want done unto yourself.

 5. What do you mean " againn kiya ehcheh kiyashey , gaiga ai naillahche..Ei firehenunge vaththareh nooney " ??
  It's not okay to verbally abuse anyone either. That doesn't make you a man either.

 6. One of my friend was harassed and we did complained to POLICE. But the sad thing is these Police officers started calling my friend and they started Flirting with my friend. If this what women have to face, what is the use of going to Police.

 7. Gina anhenun beynun vaane haadha reychey ekahala ehche firihrnun lahvaa bunelan. Ekamu eyna like nuvaa meehaku bunefiyya e goasvee! Mee Mikan vaa goiy ginafaharu. Foshumakee ehgothakah ves kohgen vaane kameh noon. Meega 2 baimeehunge ves mahsala ebaulhey.

Leave a Reply

Your email address will not be published. Required fields are marked *